އެމްޑީޕީ ފުވައްމުލަކު އުތުރު ދާއިރާ އިން ނެރޭ ނޫސްބަޔާން

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖްލިސް ގެ ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒު ކޮށް ދިން ނިރުބަވެރި ހަމަލާ ފުވައްމުލަކު އުތުރު ދާއިރާ އިން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ. މިއީ ދިވެހި ގައުމުގެ މިނިވަން ކަމާއި ރައްޔިތުން ބިރުވެރި ކަމަށް ހުށައަޅައި ނުރައްކަލުގެ ތެރެއަށް ވައްޓާލުމަށްޓަކައި ހިންގާފައިވާ ލާއިންސާނީ އަމަލެއް ކަމުގައި މި ދާއިރާއިން ދެކެމެވެ. މި ނުރައްކާތެރި ޓެރަރިސްޓް ހަމަލާ ރާވައި، ހިންގި ހުރިހާ އެންމެންގެ ތަހުގީގު ހިންގައި ވީހައިވެސް އަވަހަކަށް ޝަރީއަތުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދިނުމަށް ދައުލަތުގެ ކަމާއި ބެހޭ ހުރިހާ މުވައްސަސާ އަކަށް ގޮވާލަމެވެ.
ރައީސް މުހައްމަދު ނަޝީދާއި ، މިހަމަލާގައި އަނިޔާ ލިބުނު އެންމެހައި ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދި މާތްﷲ ގެ ހަޟްރަތުގައި ދުއާ ދަންނަވަމެވެ.

އިބްރާހިމް ސައީދު މުހައްމަދު
(ދާއިރާ ރައީސް)