ކުޅުދުއްފުށި ސިޓީން ނެރޭ ނޫސްބަޔާން

​​​ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭގެ ވަގުތެއްގައި ދީފައިވާ ފިނޑި، ނިރުބަވެރި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.
އަޅުގަނޑުމެން ދެކޭ ގޮތުގައި މި ހަމަލާއަކީ މި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލުމުގެ ނިޔަތުގައި ދީފައިވާ ވަރަށް ރަހުމު ކުޑަ، ދަށު ދަރަޖައިގެ ހަމަލާއެކެވެ. މި ނިރުބަވެރި ހަމަލާ މިހާރުން މިހާރަށް ތަހްޤީޤުކޮށް މި ކަމުގައި ބައިވެރިވެފައިވާ އެންމެހާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އަޅުގަނޑުމެން ގޮވާލަމެވެ.
​​​އަޅުގަނޑުމެންގެ ދުޢާއަކީ ރައީސް މުހައްމަދު ނަޝީދަށާޢި، މި ހަމަލާގައި އަނިޔާ ލިބުނު އެންމެހާ ފަރާތްތަކަށް މާތް ﷲ ގެ ހެޔޮ ރަހްމަތްފުޅުން އަވަސް ޝިފާއެއް މިންވަރު ކުރެއްވުމެވެ. އަދި ފުރިހަމަ ސިއްހަތަކާއެކު ރައީސް ނަޝީދު އަވަސް މުސްތަޤްބަލެއްގައި ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ނުކުމެވޭނެ ގޮތް މިންވަރު ކުރެއްވުމެވެ.
​​​