މަހިބަދޫ ދާއިރާއިން ނެރޭ ނޫސްބަޔާން

އދ. މަހިބަދޫ / ހަންޏާމީދު / ކުނބުރުދޫ

6 މެއި 2021 ވަނަ ދުވަހުގެ ރޭ 8:30 ހާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލުމަށް ސީދާ އެމަނިކުފާނަށް ދީފައިވާ ނިރުބަވެރި ހަމަލާ އަޅުގަނޑުގެ އަމިއްލަ ނަމުގައިއާއި ދާއިރާގެ އެންމެހާ މެމްބަރުންގެ ނަމުގައި ހަރުކަށި ޢިބާރާތުން ކުއްވެރިކުރަމެވެ.
އަދި މިހަމަލާ ދިނުމުގައި ޒިންމާވާ އެންމެހާ ފަރާތްތައް ހޯދާ އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކަމާގުޅުންހުރި ހުރިހާ ފަރާތްތަކަށް ގޮވާލަމެވެ.
މިދާއިރާގެ އެންމެހާ މެމްބަރުން އަދި އަޅުގަނޑުގެ ދުޢާއަކީ، ރައީސް މުޙައްމަދު ނަޝީދަށް އަދި މިހަމަލާގައި އެކި އެކި އަނިޔާތައް ލިބުނު ހުރިހާ ފަރާތްތަކަށް އަވަސް ޝިފާއެއް މާތްﷲ މިންވަރުކުރެއްވުމެވެ.

ރުޤިއްޔާ މުޙައްމަދު
މަހިބަދޫ ދާއިރާގެ ރައީސް