އެމް.ޑީ.ޕީ ކިނބިދޫ ދާއިރާއިން ނެރޭ ނޫސް ބަޔާން

އެމްޑިީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދީފައިވާ ޓެރަރިޒަމްގެ ހަމަލާ ކިނބިދޫ ދާއިރާގައި ހިމެނޭ ކިނބިދޫ، އޮމަދޫ، ހިރިލަންދޫ، ވަންދޫ އަދި ކަނޑޫދޫގެ އެމް.ޑީ.ޕީގެ މެމްބަރުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަން

މިހަމަލާގައި ބައިވެރިވާ ފަރާތްތަކެއް ހޯދައި ޙައްޤު އަދަބު ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަން

އަދި ރައީސް ނަޝީދު އާއި އެހެނިހެން ބޭފުޅުންނަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް އަވަސް ޝިފާއެއް މިންވަރުކުރުރެއްވުން އެދި ދުއާކުރަން