އެމް.ޑީ.ޕީ މަކުނުދޫ ދާއިރާ​​​​​​​އިން ނެރަަޭ ނޫސްބަޔާން

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ ކުށްވެރިކުރުން

އެމް.ޑީ.ޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާ، އަޅުގަނޑުގެ އަމިއްލަ ނަމުގައާއި މަކުނުދޫ ދާއިރާގެ ތިން ރަށުގެ އެމް.ޑީ.ޕީގެ ލޮބުވެތި މެމްބަރުންގެ ނަމުގައި ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. އަދި މިހަމަލާއިން ރައީސް ނަޝީދުއާއި އެހެނިހެން ބޭފުޅުންނަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދި ދުޢާކުރަމެވެ.
އަޅުގަނޑުމެން އެދެނީ މިހަމަލާ ދިނުމުގައި ޝާމިލްވި ހުރިހާ ފަރާތްތައް ހޯދާ ޤާނޫނު ކުރިމައްޗަށް ގެނެސް އެފަރާތްތަކަށް ޙައްޤު އަދަބު ދިނުމުގައި ތަޙްޤީޤީ އިދާރާތަކާއި ތަންފީޒީ އިދާރާތަކުން ސާބިތުކަމާއެކު އަވަސް ފިޔަވަޅުތަކެއް އެޅުއްވުމެވެ. އަދި މިފަދަ ހަމަލާތަކުން އެންމެހާ ދިވެހިން ސަލާމަތްކޮށްދެއްވުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވަންޖެހިވަޑައިގަންނަވާ އެންމެހާ ކަންކަން ކޮށްދެއްވުމެވެ.
ރައީސް ނަޝީދު އިސްވެހުންނަވައިގެން މިޕާޓީން ދިވެހި ރައްޔިތުންނަށް ގެނެސްދޭން މަސައްކަތްކުރަމުންދާ، ރީތި ފުދުންތެރި ދިރިއުޅުމާއި ހެޔޮ ވެރިކަމުގެ ނިޒާމަށް އަމާޒުކުރެވޭ މިފަދަ ހަމަލާތަކާ މިޕާޓީން ކުރިމަތިލާނީ ސާބިތުކަމާއެކުއެވެ. ﷲ ގެ އިރާދަފުޅުން މިފިކުރެއް ދެނެއް މިޤައުމަކުން ފިލައިގެން ނުދާނެއެވެ.