މިޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ނުރައްކާތެރި ޓެރެރިސްޓް ހަމަލާ ގއ.ވިލިނގިލީ ދާއިރާގެ އެމް.ޑީ.ޕީ އެންމެހާ މެމްބަރުންގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
މިދާއިރާގެ އެންމެހާ މެންބަރުންގެ ދުޢާ އަކީ، ރައީސް މުޙަންމަދު ނަޝީދަށް އަދި އެމަނިކުފާނުގެ ސެކިޔުރިޓީ އަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުން.
މި ނުރައްކާތެރި ޙަމަލާ ދިނުމުގައި ޒިންމާވާ ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ.