އެމްޑީޕީ ކެންދޫ ދާއިރާއިން ނެރޭ ނޫސްބަޔާން

ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ ކުއްވެރިކުރުން.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަދި ރައްޔިތުންމަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް މިރޭގެ ވަގުތެއްގައި، ދިން ޓެރަރިޒަމްގެ ހަމަލާ އެމް.ޑީ.ޕީ ކެންދޫ ދާއިރާގެ އެންމެހައި މެމްބަރުންގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ.
އަދި މި ނުރައްކާތެރި ޙަމަލާއަކީ މިރާއްޖޭގެ އަދުލު އިންސާފަށް ދިން ޙަމަލާއެއް ކަމުގައި ދެކޭ ހިނދު، މި އިގްތިޞާދީ ނާޒުކް ދަނޑިވަޅުގައި މުޅި ރާއްޖޭގެ ރަށްޔިތުންނަށް މިކަމުން ލިބޭނެ ގެއްލުން އިންތިހާއަށް ބޮޑުވެގެންދާނެ ކަމަށްވެސް ދެކެމެވެ.
ރައީސް ނަޝީދަކީ އަބަދުވެސް މި ރާއްޖޭގެ ރައްޔިތުންނަށް އިންޞާފާއި ހަމަހަމަކަން ގެނެސް ދިނުމުގައި ވަރުބަލިފުޅުކަމެއްނެތި ތާއަބަދު މަސައްކަތް ކުރައްވަމުންގެންދަވާ ހިތްވަރުގަދަ ހިތްތިރި ރައީސެއްކަން އެމަނިކުފާނު އެދަނީ ސާބިތުކޮށްދެއްވަމުންނެވެ.
މިހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް އަނިޔާތަކެއް ލިބިފައިވާކަމީ އެމް.ޑީ.ޕީ ކެންދޫ ދާއިރާއިން އެކަމާ ނުހަނު ކަންބޮޑުވެ ހިތާމަ ކުރާކަމެއް ކަމުގައި ދަންނަވަމެވެ.
މި ހިތްދަތި ދަނޑިވަޅުގައި އެމް.ޑީ.ޕީ ކެންދޫ ދާއިރާގެ މެމްބަރުން އެދެނީ ރައީސް ނަޝީދަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމެވެ.
އާމީން.

އަޙްމަދު ލަތީފް / އެމް.ޑީ.ފީ ކެންދޫ ދާރިރާގެ ރައީސް