MDP/AC/2021/01: އެމްޑީޕީ އައްޑޫ ސިޓީން ނެރޭ ނޫސްބަޔާން

އެމް.ޑީ.ޕީ ގެ ރައީސް އަދި ރައްޔިތުންގެ މަޖްލިސްގެ ރައީސް ރައީސް މުޙައްދު ނަޝީދުގެ ފުރާނަފުޅު ދުއްވާލުމަށް ބަޔަކު އަޑީގަ ތިބެގެން ހިންގި ޓެރަރިސްޓް ޢަމަލު އައްޑޫސިޓީ އެމް.ޑީ.ޕީ އާއި މިޕާރޓީ ގެ އެންމެހައި މެމްބަރުންގެ ފަރާތުން ވަރަށް ހަރުކަށި ޢިބާރާތުން ކުއްވެރި ކުރަމެވެ. މި ނުރައްކާތެރި ޙަމަލާއަކީ މިރާއްޖޭގެ އަދުލާއި އިންސާފަށް ދިން ޙަމަލާއެއް ކަމުގައި ދެކެމެވެ.
ރައީސް ނަޝީދަކީ އަބަދުވެސް މި ރާއްޖޭގެ ރައްޔިތުންނަށް އިންޞާފާއި ހަމަކަން ގެނެސް ދިނުމުގައި ވަރުބަލިފުޅުކަމެއްނެތި ތާއަބަދު މަސައްކަތް ކުރައްވަމުންގެންދަވާ ހިތްވަރުގަދަ ހިތްތިރި ރައީސެއްކަން އެމަނިކުފާނު އެދަނީ ސާބިތުކޮށްދެއްވަމުންނެވެ.
އެމަނިކުފާނުގެ ހަށިކޮޅަށް ލިބިގެންދިޔަ އަނިޔާއާއި ގެއްލުމަކީ އަޅުގަނޑުމެންނަށްވެސް، މުޅި ދިވެހި ޤައުމަށްވެސް ލިބިގެންދިޔަ ގެއްލުމެއްކަން ޔަޤީނެވެ.
މި ހިތްދަތި ދަނޑިވަޅުގައި އެމް.ޑީ.ޕީ އައްޑޫ ސިޓީގެ މެމްބަރުން އެދެނީ ރައީސް ނަޝީދަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމެވެ.
އާމީން

އިބްރާހިމް ރަޝީދު ( އައްޑޫ ސިޓީ ނައިބު ރައީސް )
ޢަބްދުއްލާ ޞޯދިޤް ( ހިތަދޫ އުތުރު ދާއިރާގެ ރައީސް )
މޫސާ މުހައްމަދު ( ހިތަދޫ މެދު ދާއިރާގެ ރައީސް )
ރޮޒައިނާ އާދަމް ( އައްޑޫމީދޫ ދާއިރާގެ ރައިސް )