އެމްޑީޕީ ނައިފަރު ދާއިރާއިން ނެރޭ ނޫސްބަޔާން

ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ ކުއްވެރިކުރުން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަދި ރައްޔިތުންމަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް މިރޭގެ ވަގުތެއްގައި، އެމަނިކުފާނުން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ދިން ޓެރަރިޒަމްގެ ހަމަލާ އެމް. ޑީ. ޕީ ނައިފަރު ދާއިރާއިން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ. އަދި ދައުލަތުގެ ބާރު ތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލިސްގެ ރައީސް ކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާ ފަރާތެއްގެ ހަށިކޮޅަށް އަމާޒުކޮށް ދީފައި މިވަނީ ރަހުމްކުޑަ ލާއިންސާނީ އަމަލެއްކަން ފާހަގަ ކުރަމެވެ. އަދި މިހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް އަނިޔާ ލިބިފައިވާކަމީ އެމް. ޑީ. ޕީ ނައިފަރު ދާއިރާއިން އެކަމާ ނުހަނު ކަންބޮޑުވެ ހިތާމަ ކުރާކަމެއް ކަމުގައި ދަންނަވަމެވެ.
މި ރަހުމްކުޑަ ލާއިންސާނީ އަމަލަކީ މިރާއްޖޭގެ ރައްޔިތުންނާއި މިރާއްޖެއަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ ހިތުގައި ނުހަނު ބިރުވެރިކަމާއި ކަންބޮޑުވުން އުފެދިފައިވާ ކަމެއްކަމަށްވާތީ، މި ނުބައި ޓެރަރިޒަމްގެ ހަމަލާ ރާވައި ހިންގުމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކެއް ހޯދާ ޝަރީޢަތަށް ޙާޟިރުކޮށް ހައްޤު އަދަބު ދިނުމަށް ކަމާބެހޭ އެންމެހާ އިދާރާތަކާއި މުވައްސަސާތަކަށް ގޮވާލަމެވެ.
އަދި ރައީސް ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް ލިބިލެއްވި އަނިޔާތަކަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާ ރައްކާތެރިކަން މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމެވެ.

މުޙައްމަދު ކާރިމް
އެމް. ޑީ. ޕީ ނައިފަރު ދާއިރާގެ ރައީސް