އެމްޑީޕީ ވައިކަރަދޫ ދާއިރާއިން ނެރޭ ނޫސްބަޔާން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމް.ޑީ.ޕީ.ގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް، 6 މެއި 2021 ވަނަ ދުވަހުގެރޭ މާލޭސިޓީގައި ދެވުނު ނިރުބަވެރި ޙަމަލާ، އެމްޑީޕީ ވައިކަރަދޫ ދާއިރާއިން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.
މިދާއިރާއިން ދެކޭގޮތުގައި މި ޙަމަލާއަކީ މުޅި ދިވެހިގައުމަށް އަމާޒުކޮށް ދެވުނު ޙަމަލާއެކެވެ. ބައިނަލްއަގުވާމީ ދުނިޔޭގައި ދިވެހިރާއްޖެއަށް ލިބިފައިވާ ރީތިނަން ކިލަނބުކޮށް، ރާއްޖޭގެ އަމަންއަމާންކަން ނަގާލައި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ދީފައިވާ ޙަމަލާއެކެވެ. މިއީ ސިޔާސީ ވާދަވެރިކަން އެއްފަރާތްކޮށް، ދިވެހިގައުމާއި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެން އެކުގައި ނިރުބަވެރިކަމާ ދެކޮޅަށް ތެދުވަންވީ ވަގުތެވެ.
މި ނުރައްކާތެރި ޙަމަލާ ދިނުމުގައި ޒިންމާވާ ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ.
މި ފިނޑި ޙަމަލާގައި ރައީސް ނަޝީދަށާއި ބައެއް ޢާއްމުންނަށް ލިބުނު ޒަހަމްތަކަށް އަވަސް ޝިފާއަކަށް އެދެމެވެ.

އަޙްމަދު ހާޝިމް
(ވައިކަރަދޫ ދާއިރާގެ ރައީސް)