މިޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ ކުށްވެރިކުރުން.

މިޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ނުރައްކާތެރި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. މިޕާޓީން ދެކޭ ގޮތުގައި އެހަމަލާއަކީ ސީދާ ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ފުރާނަފުޅު ދުއްވާލުމަށް ދީފައިވާ ޓެރަރިސްޓް ހަމަލާއެކެވެ. މި ނުރައްކާތެރި ޓެރަރިސްޓް ހަމަލާ މިހާރުން މިހާރަށް ތަޙްޤީޤުކޮށް އެކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް މިޕާޓީން ގޮވާލަމެވެ. މި ހަމަލާގެ ސަބަބުން ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާއަށް މިވަގުތު އޭ.ޑީ.ކޭ އިން ގެންދަނީ ރައީސް މުޙަންމަދު ނަޝީދަށް ފަރުވާ ދެއްވަމުންނެވެ.
މިޕާޓީގެ ދުޢާ އަކީ، ރައީސް މުޙަންމަދު ނަޝީދަށް އަދި އެމަނިކުފާނުގެ ސެކިޔުރިޓީ އަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމެވެ.