އިއުލާން: MDP/2021/009 ވޯޓުލާ މީހުންގެ ލިސްޓާއި ބެހޭ ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ފުރުޞަތު

ދާއިރާ އިންތިހާބު 2021 ގައި ވޯޓުލާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 06 މެއި 2021، ބުރާސްފަތި ދުވަހުން ފެށިގެން 08 މެއި 2021، ހޮނިހިރު ދުވަހުގެ ރޭ މެންދަމު 12.00 އާއި ހަމައަށް އަލުން ހުޅުވާލައިފީމެވެ. މިފުރުޞަތަކީ ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު އާންމު ކުރުމުގެ ކުރިން ދެވޭ އެންމެ ފަހު ފުރުޞަތު ކަމަށްވުމާއިއެކު، މިފުރުޞަތުގެ ބޭނުން ހިއްޕެވުން މުހިއްމު ކަމަށް ދަންނަވަމެވެ. މިއަދުން ފެށިގެން ވޯޓުލާ މީހުންގެ ފައިނަލް ލިސްޓް 18 މެއި 2021 ގައި ނެރުމާއި ދެމެދުގެ ކަންކަން ތިރީގައި ބަޔާންކުރީމެވެ.

ވޯޓުލާ މީހުންގެ ލިސްޓާއި ބެހޭ ޝަކުވާ ހުށަހެޅުއްވުމަށް

06 – 08 މެއި 2021، (މެންދަމު 12.00 އަށް) ޝަކުވާ ހުށަހެޅުއްވުމަށް އަލުން ފުރުޞަތު ހުޅުވާލުން

09 – 14 މެއި 2021: ޝަކުވާ އާއި އެކީ، ލިސްޓަށް ބަދަލުގެނައުން. ގެނެވޭ ބަދަލުތައް ބެއްލެވުމަށް:
ވޯޓުލާ މީހުންގެ ލިސްޓް ޑައުންލޯޑް ކުރެއްވުމަށް އެމް.ޑީ.ޕީ މެންބަރޝިޕް ލުކްއަޕް

އެމްޑީޕީ މެމްބަރޝިޕް ލުކްއަޕް

“MDP IDno” 637 އަށް އެސް.އެމް.އެސް ކުރުން

15 މެއި 2021 (ހޮނިހިރު ދުވަސް، މެންދަމު 12.00 އަށް): ބަދަލު ގެނެވުނު ލިސްޓަށް،( ކުރިއްސުރެ، 08 މެއި އާއި ހިސާބަށް ހުޅުވާލެވުނު ފުރުޞަތުގައި ) ހުށަހެޅުނު ޝަކުވާ އާއި ބެހޭ އެއްވެސް ޝަކުވާއެއް / މައްސަލައެއް ވާނަމަ އެމައްސަލައެއް ހުށަހެޅުން

18 މެއި 2021، (އަންގާރަ ދުވަސް): ވޯޓު ލެވޭ މެންބަރުންގެ ފައިނަލް ލިސްޓު ނެރުން