އިއުލާން: MDP/2021/008 ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ދާއިރާތަކުގެ އިންތިޚާބު 2021 ގެ އެކިއެކި މަޤާމު ތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ އިޤުރާރު

24 އޭޕްރިލް 2021 ގައި ބޭއްވި މިޕާޓީގެ ޤައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ފާސްކޮށްފައިވާ ޤަރާރު ނަންބަރު:MDP/2021/01 ގައި، 29 މެއި 2021 ގައި ބާއްވާ މިޕާޓީގެ ދާއިރާތަކުގެ އިންތިޚާބުގެ އެކިއެކި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ބަރީއަވާންޖެހޭ ކަންކަން ކަމުގައި ފާސްކޮށްފައިވާ ކަންކަމުން ބަރީއަވާކަމުގެ އިސްލާހު ކުރެވިފައިވާ އިޤްރާރު މި އިއުލާނާއެކު އާންމުކުރީމެވެ.

އިޤްރާރަށް ބަދަލުގެނެވި އިސްލާހު ކުރެވިފައިވާތީ ކުރިން އިޤްރާރު ފުރިހަމަ ކުރެއްވުމަށްފަހު މަޤާމުތަކަށް ކުރިމަތިލައްވައިފައިވާ ފަރާތްތަކުން ހުށަހަޅުއްވައިފައިވާ އިޤްރާރުގެ ބަދަލުގައި އިސްލާހު ކުރެވިފައިވާ އިޤްރާރު ފުރިހަމަ ކުރެއްވުމަށްފަހު 8 މެއި 2021 (ހޮނިހިރު) ދުވަހުގެ ހަވީރު 4.00 ގެ ކުރިން އޮންލައިންކޮށް ޕާޓީއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އިޤްރާރަށް ބަދަލުގެނައުމުގެ ސަބަބުން މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކަށް ކުރިމަތިވި ދަތިކަމަށް ނިހާޔަތަށް މާފަށް އެދެމެވެ.

އެމް.ޑީ.ޕީގެ ދާއިރާ އިންތިހާބު 2021 – ކެޑިޑޭޓު އިޤްރާރު ހުށައަޅާ ފޯމް

ދާއިރާތަކުގެ އިންތިޚާބު 2021 ގެ އެކިއެކި މަޤާމު ތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ އިޤުރާރު