އިއުލާން MDP/2021/003

ދާއިރާތަކުގެ މަޤާމުތަކަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުން

މިޕާޓީގެ ދާއިރާތަކުގެ އިންތިޚާބު 2021 ގައި ވާދަކުރައްވާ ކެންޑިޑޭޓުން ކުރިމަތުލުމުގެ ފުރުޞަތު މިއަދު، 24 އޭޕްރީލް 2021 ވީ ހޮނިހިރު ދުވަހު އާންމުކޮށް ހުލުވާލައިފީމެވެ. ތިރީގައިވާ މަގާމު ތަކަށް،87 ދާއިރާ، 6 ޕްރޮވިންސް އަދި 4 ސިޓީ އިން، ވާދަކުރައްވަން ބޭނުންފުޅުވާ ޕާޓީގެ މެންބަރުން ކުރިމަތިލުމަށް އެދި

ހުށަހަޅާ ފޯމު ފުރިހަމަކުރައްވައި ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއެކު މި އޮންލައިން ފޯމް މެދުވެރިކޮށް

އޮންލައިން ފޯމް
ޕާޓީގެ ސެކްރެޓޭރިއަޓަށް ނުވަތަ ހާޑް ކޮޕީއިން ޕާޓީގެ ސެކްރެޓޭރިއަޓަށް 8 މެއި 2021 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. މި އިންތިޚާބުގައި ކުރިމަތިލުމަށް އެދޭ ފޯމް ތިރީގައިވާ ލިންކު މެދުވެރިކޮށް ޑައުންލޯޑްކުރެވޭނެއެވެ.

އެޕްލިކޭޝަން ފޯމްގެ ޕީޑީއެފް
މިއިންތިޚާބުގައި ވާދަކުރުމަށް ފުރުޞަތު ހުޅުވާލާފައިވާ މަޤާމުފުރާތަކަކީ؛

87 ދާއިރާ އިން ކޮންމެ ދާއިރާއެއްގެ:
(1) ދާއިރާގެ ރައީސް (2) ދާއިރާގެ ނާއިބު ރައީސް (3) ސެކްރެޓަރީ (4) ސެކްރެޓަރީގެ ނާއިބު
(5) މައުލޫމާތާއި އިޝްތިހާރާއި އާންމު އެންގުންތަކާބެހޭ ސެކްރެޓަރީ

6 ޕްރޮވިންސް އިން ކޮންމެ ޕްރޮވިންސްއެއްގެ
(މަތި އުތުރު، އުތުރު، މެދު އުތުރު، މެދު، މެދު ދެކުނު އަދި މަތި ދެކުނު)
(1) ޕްރޮވިންސްގެ ރައީސް
(2) ޕްރޮވިންސްގެ ނާއިބު ރައީސ
4 ސިޓީ އިން ކޮންމެ ސިޓީއެއްގެ
(މާލެ، އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުށި) :
(1) ސިޓީގެ ރައީސް
(2) ސިޓީގެ ނާއިބު ރައީސް

އިންތިޚާބަށް ކުރިމަތިލުމަށް އެދި ފޯމު ހުށަހަޅާނީ އޮންލައިންކޮށް ނުވަތަ ފޯމުގެ ހާޑްކޮޕީ ސެކްރެޓޭރިއެޓް އަށް ހުށަހަޅައިގެންނެވެ.

ކެނޑިޑޭޓު އެޕްލިކޭޝަން ފޯމު ހުށަހެޅޭނެ ދެ ގޮތުގެ ތަފްސީލް:
1. އޮންލައިން ކޮށް ހުށައެޅުމަށް ކަން ކުރަންވީ ގޮތް

1.1. އެޕްލިކޭޝަން ފޯމު
އެޕްލިކޭޝަން ފޯމްގެ ޕީޑީއެފް
ޑައުންލޯޑްކޮށް، ޕްރިންޓްކޮށް ފުރުމަށްފަހު ސޮއިކޮށް، ޕާސްޕޯޓް ސައިޒް ކުލަ ފޮޓޯ އެއް ފޯމުގައި ތަތްކުރުމަށްފަހު ފޯމުގެ ސްކޭން ޕީޑީއެފް ހެދުން

1.2. ރައީސް އެއްގެ މަގާމަށް ކުރިމަތި ލާނަމަ ތާއީދު ފޯމު
ތާއީދު ފޯމްގެ ޕީޑީއެފް
ޑައުންލޯޑް ކޮށް ޕްރިންޓް ކޮށް ތާއީދު ދޭ ފަރާތްތަކުގެ ސޮއި ހޯދުމަށްފަހު ތާއީދު ފޯމުތައް ސްކޭންކޮށް ޕީޑީއެފް ހެދުން. މީގެ އިތުރުން

ތާއީދު ފޯމުގައި ހުރި މައުލޫމާތު އެކްސެލް ޝީޓް
(ތާއީދު ފޯމްގެ އެކްސެލް)
އަށް އެޅުން.

1.3. ޕާސްޕޯޓް ސައިޒް ކުލަ ފޮޓޯގެ ސޮފްޓް ކޮޕީ (ފޯމެޓްJPEG/PNG) ތައްޔާރު ކުރުން

1.4. އައި.ޑީ.ކާޑުގެ ސޮފްޓްކޮޕީ

1.5. އޮންލައިންކޮށް ކެނޑިޑޭޓުގެ އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް މި ލިންކް މެދުވެރިކޮށް ހުށަހެޅުން.
(އޮންލައިން އެޕްލިކޭޝަން ފޯމް)

1.6. 1.5 ގައިވާ އޮންލައިން ފޯމު ފުރުމަށްފަހު އެފޯމާއި، 1.1 – 1.4 ގައިވާ ހުރިހާ ފައިލްތައް އެޓޭޗް ކުރުމަށްފަހު ސަބްމިޓް ކުރުން.

1.7. އޮންލައިންކޮށް ފޯމް ހުށަހަޅާފަރާތްތަކަށް، 8 މެއި 2021 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށް ކޮންމެ ވަގުތެއްގައިވެސް ފޯމް ސަބްމިޓް ކުރެވޭނެއެވެ.

2. ފޯމުގެ ހާޑްކޮޕީ ހުށަހަޅުއްވާއިރު ކަންކުރަންވީ ގޮތް

2.1. މަތީގައިވާ 1.1-1.3 ކަންކުރި ގޮތަށް ކަން ކުރުން

2.2. ކެނޑިޑޭޓުގެ އެޕްލިކޭޝަން ފޯމާއިއެކު 1.1-1.3 ވާ ޑޮކިއުމަންޓްތައް ޕެން ޑްރައިވްއެއްގައި ސެކްރެޓާރިއަޓް އަށް ހުށަހެޅުން.

2.3. ޕާޓީގެ ސެކްރެޓޭރިއަޓަށް ފޯމު ބަލައިގަންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އާއި ހަމައަށެވެ.

3. ކެނޑިޑޭޓް ނަންބަރު ދޫކުރުން
ކެނޑިޑޭޓް ނަންބަރު ދޫކުރާނީ ކޮންމެ ދުވަހަކުވެސް ޕާޓީގެ ސެކްރެޓޭރިއަޓަށް، ހާޑްކޮޕީގެ ގޮތުގައި ލިބޭ ފޯމާއި، އޮންލައިންކޮށް ލިބޭ އެޕްލިކޭޝަން ފޯމުތައް ޗެކް ކުރުމަށްފަހު، ފޯމު ލިބިފައިވާ ތަރުތީބުންނެވެ. ކެނޑިޑޭޓް ނަންބަރު އާންމުކޮށް ފެންނާނެ ލިސްޓެއް ޕާޓީ ވެބްސައިޓްގައި ޝާއިއުކުރެވޭނެއެވެ.
ކެނޑިޑޭޓް ނަންބަރު ތިރީގައިވާ ޝީޓް އިން ފެނިވަޑައިގަންނަވާނެ:

ކެންޑިޑޭޓް ނަމްބަރ އާންމު ކުރާ ޝީޓް