އިއުލާން MDP/2021/01

މިޕާޓީގެ ދާއިރާތަކުގެ ހިންގާކޮމިޓީތަކާއި ޕްރޮވިންސްތަކުގެ އިންތިޚާބު ބެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއިންތިޚާބު އޮންނާނީ 29 މެއި 2021 ވާ ހޮނިހިރު ދުވަހުއެވެ. މިއިންތިޚާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ ދާއިރާތަކުގައި ހިމެނޭ މިޕާޓީގެ އާންމު މެންބަރުންނެވެ. އެގޮތުން މިއިންތިޚާބުގައި ވޯޓުލެވޭނީ މިއަދު، 18 އޭޕްރީލް 2021 (އާދީއްތަ) ދުވަހާ ހަމައަށް މިޕާޓީގެ މެންބަރުންގެ ގޮތުގައި ހިމެނިފައިވާ ފަރާތްތަކަށެވެ. އަދި ދަންނަވަމެވެ. މިއަދުގެ 14:00 އިން ފެށިގެން 29 މެއި 2021 ގެ ނިޔަލަށް ޕާޓީން މެމްބަރޝިޕް ފޯމު ބަލައިގަތުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ.