ނޫސް ބަޔާން

ލޯކަލް ކައުންސިލް އިންތިޚާބު 2021 ގެ އިންތިޚާބުގެ ވޯޓު ގުނުމުގެ މަސައްކަތް އިލްކެޝަންސް ކޮމިޝަންގައި ހިނގަމުން ދަނިކޮށް އެތަނަށް ޕީޕީއެމްގެ އިސްވެރިންނާއި ޕީއެންސީގެ ރައީސް ގޮސް އިލްކެޝަންސް ކޮމިޝަނުގެ މުވައްޒަފުންގެ މަސައްކަތް ކުރިޔަ ނުދީ އެމަސައްކަތަށް ވަނީ މިއަދު ހުރަސްއަޅާފައެވެ. އަދި އެތަނުގައި ހަމަނުޖެހުން ހިންގައި ގަޔަށް އަތްލައި މާރާމާރީ ހިންގާފައެވެ. އެއީ މިޕާޓިން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމުގައި ދަންނަވަމެވެ. އެފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ގޮވާލަމެވެ. ވޯޓުގެ ނަތީޖާ އިއުލާނު ކުރުމުގެ މަސައްކަތް ދެފުށް ފެންނަގޮތަށް އިލެކްޝަންސް ކޮމިޝަނުން ކުރުމުގެ ޖާގަ ދިނުމަށް މިޕާޓީން ގޮވާލަމެވެ.