ދިވެހިރާއްޖޭގައި ކަޅުބިލަމަސް ގަތުމުގެ ފުރުސަތު ސަރުކާރުން އާއްމުކޮށް ހުޅުވާލުމުން، މަސްވެރިކަން ފުޅާކޮށް ކުރިއެރުވުމަށް ސަރުކާރުން އަޅުއްވާފައިވާ މިފިޔަވަޅަށް އެމްޑީޕީން މަރުޙަބާ ދެންނެވުން

ދިވެހިރާއްޖޭގައި ކަޅުބިލަމަހުގެ ވާދަވެރި މާކެޓެއް އެފެއްދުމަށްޓަކައި ކަޅުބިލަމަސް ގަތުމުގެ ފުރުސަތު ސަރުކާރުން އާއްމުކޮއް ހުޅުވާލުމަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ބަލާގަނެ ޝުކުރު އަދާކުރާ ކުރަމެވެ. މަސްވެރިންނަށް ހަމައަގުހޯދާދިނުމަކީ އެޖެންޑާ 19ގައި މިފާޓީގެ ފަރާތުން މަސްވެރިންނަށްވެފައިވާ ވަޢުދެވެ.
ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން މެނޭޖުކުރުމާއެކު މަސްވެރިކަން ފުޅާކުރުމަކީ މިޕާޓީގެ ވިސްނުމަށްވީހިދު، އެއްވެސް ހުރަހެއްނެތި އާއްމުކޮށް މަސްގަތުންމަށް ހުޅުވާލުމަކީ މަސްވެރިކަންފުލާކޮށް މަސްވެރިން ބާނާމަހަށް ހަމައަގުހޯދާދިނުމަށް އެޅުނު މުހިއްމު ފިޔަވަލެއްކަމުގައި މިޕާޓީން ދެކެވެ. މިބަދަލާއެކު މަސްގަންނަން ބޭނުންވެފައި ތިބި ފަރާތްތައް މިފުރުސަތުގެ ބޭނުންހިފައި މަސްވެރިންނަށް ލިބޭއާމަދަނީއަށް ހެޔޮބަދަލެއް އައުމަކީ މިފާޓީގެ އުއްމީދެވެ.
މަސްވެރިކަމުގެ ސިނާއަތުގައި ވިޔަފާރި ކުރަންބޭނުންވާ ފަރާތްތަކަށް ހުޅުވުނު މިފަހި ފުރުސަތާއެކު ދިވެހިރާޖެއިން ކަޅުބިލަމަސް ގަންނަންބޭނުންވާ ބޭރުގެ ފަރާތްތަކަށްވެސް ދިވެހިރާއްޖެއަށް އައިސް ފަސޭހަކަމާއެކު ދިވެހިންބާނާމަސް ގަނެވޭނޭ އިންތިޒާމުތަކެއް ސަރުކާރުގެފަރާތުން ހަމަޖައްސައިދިނުމާއި، ކަންނެލި ޖަގަހަ ތަކުގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް މަގުފަހިކޮއްދިނުމަކީވެސް މަސްވެރިން ބާނާމަހަށް ހަމައަގުހޯދާދިނުމަށްޓަކައި އިތުރަށްއެޅޭނޭ މުހިއްމު ފިޔަވަޅަކަށްވާނެތީ، މިކަމުގެ އިންތިޒާމުވެސް އަވަސްފުރުސަތެއްގައި ސަރުކާރުގެ ފަރާތުން ހަމަޖައަސަވައި ދެއްވުމަށް ގޮވާލަމެވެ.
މީގެ އިތުރުންވެސް ބަސްވެރިންގެ ޝަކުވާތަކަށް ހައްލެއް ހޯދައިދީ މަސްވެރިކަން ކުރިއެރުވުމަށްޓަކައި ސަރުކާރުގެފަރާތުން ކުރަމުންދާ މަސައްކަތްތައް މިޕާޓީން ނުހަނު އިހުލާސްތެރިކަމާއެކު ބަލާގަންނަމެވެ.
މިފާޓީގެ އެޖެންޑާ 19ގައި ވައުދުވީފަދައިން 2019ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގައި(ޤާނޫނު ނަންބަރ: 2019/14) މަގުފަހިކޮއްފައިވާ ފަދައިން އެއްމެފުރަތަމަ ގާއިމުކުރެވޭ ގޭދޮށުމަސްފެކުޓީ އައްޑޫސިޓީގައި އެޅުމަށް ބަޔަކާ ހަވާލުކުރުމަކީވެސް ދިވެހި މަސްވެރިންނަށް ލިބުނު ވަރައްބޮޑު އުއްމީދެއްކަން ފާހަގަކޮށް އެކަމަށްޓަކައި ސަރުކާރަށް ނުހަނު އިހުލާސްތެރިކަމާއެކު ޝުކުރުއަދާކުރަމެވެ.
މީގެ އިތުރުން، ޤައުމަށް ދިމާވެފައިމިވާ މިދަތި ހާލަތުގައިވެސް ދިވެހިމަސްވެރިން ބާނާމަސް ކިރުމުގެ އިންތިޒާމާއި އެމަހަށް މަސްވެރިންނަށް ފައިސާލީބޭނޭ އިންތިޒާމުތަށް ސަރުކާރުގެފަރާތުން ހަމަޖަސްސާފައިވާކަންވެސް މިޕާޓީގެފަރާތުން ފާހަގަކުރަމެވެ.
މިޕާޓީގެ އުއްމީދަކީ ސަރުކާރާއި އަމިއްލަފަރާތްތަކުގެ މަސައްކަތުން ދިވެހިރާއްޖޭގެ އެކި ކަނކޮޅުތަކުގައި މިފަދަ ގިނަފެކްޓްރީ ތަކެއް ގާއިމުކުރެވި މަސްވެރިކަމުގެ ގިނައުފެއްދުންތަކެއް ދިވެހިރާއްޖެގައި އުފައްދައި އަދި ބޭރުގެ މާކެޓްތަކަށް އެކުސްޕޯޓް ކުރެވި މަސްވެރިކަމުގެ ފުރުހަމަ ނަފާ މަސްވެރިނަނަށް ލިބިގެންދިއުމެވެ.
މިފާޓީން އެދެނީ ދިވެހިމަސްވެރިން ބާނާމަހަށް ހަމައަގު ހޯދާދިނުމާއި މަސްވެރިންގެ ހައްގުގައި ސަރުކާރުން އަޅަންޖެހުނު ކޮންމެފިޔަވަޅެއްވެސް ފަސްޖެހުމެއްނެތި އެޅުމެވެ. އަދި މިކަންކަމުގައި މިޕާޓީގެފަރާތުން ސަރުކާރަށްބޭނުންވާ ފުރިހަމަ އެއްބާރުލުން ދިނުމުގައި ދެމިއޮންނާނޭ ވާހަކަ ދެންނެވީމެވެ