އަންނަބީލާ އަމީނާ މުޙައްމަދު އަމީން ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުގެ ފުންހިތާމާގައި ބައިވެރިވުން

ދިވެހިރާއްޖޭގެ ފުރަތަމަ ރައީސުލް ޖުމްހޫރިއްޔާ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ލޮބުވެތި ދަރިކަނބަލުން އަންނަބީލާ އަމީނާ މުޙައްމަދު އަމީން ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުގެ ފުންހިތާމާގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ބައިވެރިވަމެވެ.

އަންނަބީލާ އަމީނާ މުޙައްމަދު އަމީނަކީ އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަށް ލިބިވަޑައިގަތް ހަމައެކަނި ދަރިކަނބަލުންނެވެ. އެކަމަނާއަކީ އިޖްތިމާޢީ ކަންކަމަށާއި އަންހެން ކަނބަލުންގެ ކުރިއެރުމަށް ނުހަނު ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އަދި ސަރުކާރަށް ޚިދުމަތްކޮށްދެއްވުމުގެ އިތުރުން 1980 އިން 1989 ވަނަ އަހަރާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުކަން ވެސް އެކަމަނާ ކުރައްވާފައިވެއެވެ.

އެކަމަނާއަށް ފިރިހެން ދެ ދަރިކަލުންނާއި އަންހެން ދެ ދަރިކަނބަލުން ލިބިވަޑައިގަތްއިރު، އޭގެތެރެއިން އޮނަރަބަލް އަމީން ފައިޞަލް އަކީ، މި ޕާރޓީގެ ފުރަތަމަ ވެރިކަމުގެ މިނިސްޓަރ އޮފް ޑިފެންސްގެ މަޤާމު އަދާކުރެއްވި ބޭފުޅެކެވެ. އައިޝަތު ޝުވޭކާރަކީ މިޕާޓީގެ ފުރަތަމަ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީގެ މަޤާމް އަދާކުރެއްވި ބޭފުޅެކެވެ. އަދި އޮނަރަބަލް ފަރަހަނާޒް ފައިޞަލް އަކީ މިވަގުތު އިގިރޭސިވަލާތަށް ކަނޑައަޅުއްވާފައިވާ ދިވެހި ސަފީރެވެ.

އަންނަބީލާ އަމީނާ މުޙައްމަދު އަމީނުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތްލެއްވުމަށް މާތް ﷲ ގެ ޙަޟުރަތުގައި ދުޢާ ދަންނަވާހިނދު، އެ މަރުޙޫމާގެ އާޢިލާއަށް ކެއްތެރިކަން މިންވަރުކުރެއްވުމަށް ދުޢާ ދަންނަވަމެވެ. އާމީން!