އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ ލޮބުވެތި މަންމަ އަވަހާރަވުމުގެ ފުން ހިތާމައިގައި ބައިވެރިވުން

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝާން ލަޠީފުގެ ލޮބުވެތި މަންމާފުޅު މއ.މަލުވިލަ މަރިޔަމް ރަޝީދު އަވަހާރަވުމުގެ ފުންހިތާމައިގައި މިޕާޓީން ބައިވެރިވަމެވެ.
މަރިޔަމް ރަޝީދު އަވަހާރަވެފައިވަނީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު އިއްޔެގެ ވަގުތެއްގައެވެ.
މިފުންހިތާމައިގައި އަފްޝާން ލަޠީފަށާއި އެއާއިލާއަށް މިޕާޓީން އިޚްލާސްތެރި ތައުޒިޔާ ދަންނަވަމެވެ. އަދި މަރުހޫމާ މަރިޔަމް ރަޝީދުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ލެއްވުމަށް އެދި ދުޢާ ދަންނަވަމެވެ. އާމީން !