ހެންވޭރު ހުޅަނގު ދާއިރާގެ ވޯޓުފޮށި ގުނުމާއި، ގަލޮޅު މެދު ދާއިރާގެ ޕްރައިމަރީގެ ވޯޓުލުން އަލުން ބޭއްވުމާއި ބެހޭ

MDP/EC/2020/027

ހެންވޭރު ހުޅަނގު ދާއިރާގެ ވޯޓުފޮށީގެ ވޯޓުގުމުގައި އުފެދުނު ޚިލާފެއްގެ ސަބަބުން ވޯޓުގެ ނަތީޖާ އިއުލާން ކުރުމާއި ހަމައަށް ދެވިފައިނުވާތީ އެފޮށީގެ ވޯޓުގުނުން އޮންނާނީ 5 ފެބްރުވަރީ 2020 ވާ ބުދަ ދުވަހުގެ މެންދުރު 2:30 ގައި ޕާޓީގެ ސެކްރެޓޭރިއެޓުގައެވެ. ވޯޓު ގުނާ މަރުކަޒަށް ކެންޑިޑޭޓުންނާއި، ކޮންމެ ކެންޑިޑޭޓެއްގެ 1 މަންދޫބާއި އަދި މީޑިއާގެ ފަރާތްތަކަށް ވަނުމުގެ ފުރުސަތު ލިބޭނެ ވާހަކަ ދަންނަވަމެވެ.

ގަލޮޅު މެދު ދާއިރާގެ ވޯޓުފޮށްޓަށް ލާފައިވާ ވޯޓުގެ ތެރޭގައި ވޯޓުލުމަށް، ވޯޓުލާ
މަރުކަޒަށް ނުދާ މީހުންގެ ނަމުގައި ވޯޓުލާފައި ވާކަމާއި އަދި އެގޮތަށްލާފައިވާ ވޯޓުގެ އަދަދަކީ ވޯޓުގެ ނަތީޖާއަށް އަސަރުކުރާ އަދަދެއް ކަމަށްވާތީ އެފޮށީގެ ކައުންސިލް މެމްބަރުންގެ ވޯޓު ބާޠިލް ކުރުމަށް ނިންމައި، އަލުން އެވޯޓުލުމަށް ނިންމައިފީމެވެ.