MDP/EC/2020/024
ކުޑަކުދިންނާއެކު ޖިންސީޢަމަލު ހިންގުމާއި، އެ ފަދަ މައްސަލަތަކުގައި އެކުދިންނާމެދު ޙަމްދަރުދީވުމުގެ ބަދަލުގައި، އެފަދަ ޢަމަލު ހިންގާ މީހުންނާމެދު ޙަމްދަރުދީވެ އެމީހުންގެ ދިފާޢުގައި ވާހަކަދެއްކުމަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އެކަމާ ދެކޮޅު، އަދި އެފަދަ ޢަމަލުތަކަށް މުޖުތަމަޢުއިން ޖާގަދިނުމާއި ހިތްވަރުދިނުމާ ދެކޮޅު، އަދި އެފަދަ ޢަމަލުތައް ހުއްޓުވުމަށް މަސައްކަތްކުރުމުގެ ސިޔާސަތެއްގެ މައްޗަށް އެކުލެވޭ ސިޔާސީ ޕާރޓީއަކަށްވީހިނދު؛
މި ސިޔާސަތު، މި ޕާރޓީގެ ފަރާތުން އެކިއެކި އިންތިޚާބުތަކަށް ނެރޭ ކެންޑިޑޭޓުންގެ މައްޗަށް ތަންފީޒުކުރުމުގެ ގޮތުން ކެންޑިޑޭޓުން ވެޓްކުރުމުގެ މަސައްކަތުގެ ތެރެއިން، ތިރީގައި ބަޔާންކުރެވިފައިވާ 2 ކެންޑިޑޭޓުންގެ މައްސަލަ މި ޕާރޓީން ބަލައި، އެ ކެންޑިޑޭޓުންގެ މައްޗަށް ކުރެވުނު ތުޙުމަތުތަކުގެ ބުރަދަނަށް ރިޢާޢަތްކުރުމަށްފަހު މި ޕާރޓީން ނިންމާފައިވަނީ އެ 2 ކެންޑިޑޭޓުން ލޯކަލް ކައުންސިލް އިންތިޚާބު 2020 އެމް.ޑީ.ޕީ ޕްރައިމެރީއަށް ވާދަކުރުމުގެ ކެންޑިޑެސީ ބާތިލުކުރުމަށެވެ.
1. އަޙްމަދު ޝަރީފު، ލ.ކުނަހަންދޫ/މަންޒިލް (ލ.ކުނަހަންދޫ ކައުންސިލް ޕްރައިމެރީގައި ވާދަކުރާ ކެންޑިޑޭޓް)
2. މަދީހާ ޢަބްދުއްﷲ، ގއ.ކަނޑުހުޅުދޫ/ވާދީ (ގއ. ކަނޑުހުޅުދޫ ކައުންސިލް ޕްރައިމެރީގައި ވާދަކުރާ ކެންޑިޑޭޓް)
އަޙްމަދު ޝަރީފްގެ ކެންޑިޑެސީ ބާތިލުކޮށްފައިވަނީ ކުޑަކުއްޖަކާއެކު ޖިންސީޢަމަލު ހިންގިކަމުގެ ތުޙުމަތުކުރެވުނު މައްސަލައެއްގައެވެ. އަދި މަދީހާ ޢަބްދުއްﷲ ގެ ކެންޑިޑެސީ ބާތިލުކޮށްފައިވަނީ ޖިންސީ ޢަމަލުގެ ޝިކާރަކަށްވެފައިވާ ތުއްތު ކުއްޖަކާމެދު ޙަމްދަރުދީވުމުގެ ބަދަލުގައި، އެޢަމަލު ހިންގިކަމުގެ ތުޙުމަތުގައި ހައްޔަރުކުރެވިފައިވާ މީހަކާ މެދު ޙަމްދަރުދީވެ، އެމީހާގެ ދިފާޢުގައި ވާހަކަދެއްކި މައްސަލައެއްގައެވެ.