އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އެމްޑީޕީ ޕްރައިމަރީއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

MDP/EC/2020/021

ގިނަ ބައެއްގެ އެދުމުގެ މަތިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ)ގެ އެމްޑީޕީ ޕްރައިމަރީގެ އެޕްލިކޭޝަން ފޯމް ބަލައިގަތުމުގެ ސުންގަޑި 2 ފެބްރުވަރީ 2020 ވާ އާދިއްތަ ދުވަހުގެރޭ 22:00 އަށްވަނީ އިތުރު ކުރެވިފައެވެ.
މިޕްރައިމަރީގައި ކުރިމަތިލުމަށްއެދޭ ފޯމް ޕާޓީގެ ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.
އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނީ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑުގެ ކޮޕީއަކާއި އެކު އެމްޑީޕީ ސެކްރެޓޭރިއެޓުގެ 2 ވަނަ ފަންގިފިލާ އަދި elections@mdp.org.mv އަށް އީމެއިލް އަކުންނެވެ.

އެޕްލިކޭޝަން ފޯމް