“އެޖެންޑާ19 ރަށަށް” ވޯރކްޝޮޕް ބޭއްވުމަށް ޓީމްތަކުން ދަތުރު ފަށައިފި

23 ޖެނުވަރީ 2020

“އެޖެންޑާ19 ރަށަށް” ވަރކްޝޮޕް ބޭއްވުމަށް ރަށްތަކަށް ކަނޑައެޅިފައިވާ ޓީމުތަކުން މިއަދު (23 ޖެނުއަރީ، ބުރާސްފަތި) ދަތުރުތައް ފަށައިފިއެވެ.
“އެޖެންޑާ 19 ރަށަށް”ވަރކްޝޮޕް އަކީ LCE20 އިންތިޙާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އިން ވާދަކުރާއިރު، ރައްޔިތުންނަށް ވާނޭ ވައުދުތައް ދެނެގަތުމަށާއި، ކައުންސިލްތަކުން ހިންގޭން ހުރި މަޝްރޫޢުތައް ދެނެގަތުމަށް ހިންގާ ވަރކްޝޮޕެކެވެ. މި ވަރކްޝޮޕް ހިނުގުމަށް ހަމަޖެހިފއިވަނީ މިހިނގާ ޖެނުވަރީ މަހުގެ 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނެ 10:00ން ހަވީރު 5:00އަށެވެ.
ހޮނިހިރު ދުވަހުގެ ވަރކްޝޮޕް ހިންގުމުގެ ކުރިޔަށް ޓީމްތަކުން މިއަދު(ބުރާސްފަތި) އަދި ހުކުރުދުވަހު ދޮރުންދޮރަށް ހިނގާ ރައްޔިތުންގެ ގާތުން މައުލޫމާތު ހޯދުމަށްވެސްވަނީ ހަމަޖެހިފައެވެ.
އަދި މި ވަރކްޝޮޕް ހިނގުމަށް ކަނޑައެޅިފައިވާ ރަށްތަކަކީ:-
1- ށ. ފޯކައިދޫ
2- ނ. ވެލިދޫ
3- ރ. ދުވާފަރު
4- ބ. ދަރަވަންދޫ
5- ޅ. ނައިފަރު
6- ކ. މާފުށި
7- އއ. އުކުޅަސް
8- އދ. މާމިގިލި
9- ވ. ތިނަދޫ
10- މ. މުލި
11- ފ. ފީއަލި
12- ދ. ރިނބިދޫ
13- ތ. ތިމަރަފުށި
14- ލ. ގަން
15- ގއ. ގެމަނަފުށި
16- ގދ. ތިނަދޫ
17- ފުވައްމުލައް ސިޓީ.
18- އައްޑޫ ސިޓީ. ހިތަދޫ
އަދި މީގެ އިތުރުން މާލެ ސިޓީގަވެސް މި ވަރކްޝޮޕް ހިންގާ ގޮތަށްވަނީ ހަމަޖެހިފައެވެ.