2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމާއިބެހޭ

މި ހިނގާ ޖެނުއަރީ މަހުގެ 31 ވާ ހުކުރު ދުވަހު އޮންނަ ކައުންސިލް އިންތިޚާބުގެ މިޕާޓީީ ޕްރައިމެރީގައި ވޯޓުލުމާގުޅޭ ގޮތުން ދަންނަވަމެވެ.

މި ޕްރައިމެރީއަކީ، 4 ބާވަތެއްގެ ވޯޓުލުމަށް ހަމަޖެހިފައިވާ ޕްރައިމެރީއެކެވެ. އެއީ،
(ހ) ސިޓީތަކުގެ މޭޔަރުން، ރަށު ކައުންސިލްތަކުގެ ރައީސުން
(ށ) އަތޮޅު ކައުންސިލްތަކުގެ ރައީސުން
(ނ) ކައުންސިލްތަކުގެ މެންބަރުން
(ރ) ކައުންސިލްތަކުގައި އަންހެން ކެންޑިޑޭޓުންނަށް ޚާއްސަކުރެވިފައިވާ ގޮނޑިތައް.
މި މަގާމުތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ވޯޓުލުމުގައި، މިއިން ކޮންމެ މަގާމަކަށް ގޮނޑި ކަނޑައެޅިފައިވާ އަދަދަށް ވޯޓުލާންވާނެެއެވެ. ސައްޙަ ވޯޓުގެ ގޮތުގައި ބެލެވޭނީ ކަނޑައަޅާފައިވާ ގޮނޑީގެ އަދަދަށް ✔ ފާހަގަޖަހާފައިވާ ވޯޓުކަރުދާހެކެވެ. ގޮނޑި ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް ނުވަތަ އެދަދަށްވުރެ މަދުން ފާހަގަ ޖަހާފައިވާ ވޯޓުކަރުދާސް ބެލެވޭނީ ބާތިލް ވޯޓު ކަރުދާހުގެ ގޮތުގައެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.