MDP/EC/2020/015
31 ޖަނަވަރީ ވާ (ހުކުރު) ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގެ ފައިނަލް ވޯޓާރސް ލިސްޓް އާއްމު ކުރީމެވެ. މިލިސްޓަށް ޝަކުވާ ހުށަހެޅުމަށް 2 ދުވަހުގެ ފުރަސަތެއް ހުޅުވާލަމެވެ. ޝަކުވާ ހުށަހަޅާ ފޯމް ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.
ޝަކުވާ ބަލައިގަތުމުގެ ސުންގަޑި އަކީ 22 ޖަނަވަރީ 2020 ވާ (ބުދަ) ދުވަހުގެ މެންދުރު 2:00 އެވެ. ޝަކުވާ ފޯމް ސެކްރެޓޭރިއަޓް 2 ފަންގިފިލާއިން އަދި mdp.lce2020.vl@gmail.com އަށް އީމެއިލް ކުރެއްވުމުންވެސް ބަލައިގަނެވޭއެވެ.