އެމްޑީޕީ ތިލަދުންމަތި ދަތުރު 2020

މިހިންގާ ޖެނުއަރީ މަހު 12 ވަނަ ދުވަހު މިޕާޓީގެ ދަތުރެއް ތިލަދުންމައްޗަށް ކުރުމަށްވަނީ ހަމަޖެހިފައެވެ. މިދަތުރުގެ ބޭނުމަކީ ތިލަދުންމަތީގެ ރަށްތަކަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކުރުމެވެ. މީގެ އިތުރުން މިދަތުރުގައި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިސްވެ ބައިވެރިވެ ވަޑައިގަންނަވާ އެމްޑީޕީ އުތުރު މަހާސިންތާ ކުޅުދުއްފުށިގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

މިދަތުރުގައި ބައިވެރިވެ ވަޑައިގަތުމަށް ބޭނުންފުޅުވާ އެމްޑީޕީގެ އާއްމު މެމްބަރުންނަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ޖުމްލަ 300 މެމްބަރުންނަށް ޖާގަދިނުމަށް، ކޮންމެ ބޭފުޅަކަށްވެސް 100 ރުފިޔާއަށް ޖާގަ ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ ދަތުރުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 7977855 ނަމްބަރާ ގުޅުއްވާާ ނަން ނޯޓު ކުރެއްވުމަށް އެދެމެވެ.