އިއުލާން ނަމްބަރ : MDP/EC/2019/007
2020.ވަނަ އަހަރުގެ ލޯކަލްކައުންސިލް އިންތިޚާބުގެ ރަށުކައުންސިލް، އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލް އިންތިޚާބުގައި ޕާޓީ ޓިކެޓު ހޯދުމަށް ވާދަކުރާ ކެންޑިޑޭޓުން އިންތިޚާބުކުރުމަށް ބާއްވާ ޕްރައިމެރީ މިއަދުން ފެށިގެން ހުލުވާލައިފީމެވެ.
ތިރީގައިވާ ދާއިރާތަކަށް ވާދަކުރައްވަން ބޭނުންފުޅުވާ ޕާޓީގެ މެންބަރުން އެބޭފުޅަކު ކުރިމަތިލައްވަން ބޭނުންފުޅުވާ ދާއިރާއަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއެކު ޕާޓީގެ ސެކްރެޓޭރިއަޓަށް 10 ޖެނުވަރީ 2020 ވާ ހުކުރު ދުވަހުގެ 18:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ. މިޕްރައިމަރީގައި ކުރިމަތިލުމަށް އެދޭފޯމް ޕާޓީގެ ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.
ތިރީގައިވާ މަގާމުތަކަށް ކުރިމަތިލުމާއި ވޯޓްލެވޭނީ ކުރިންވެސް އިއުލާން ކޮށްފައިވާފަދައިން 31 ޑިސެންބަރު 2019 ވާ (އަންގާރަ) ދުވަހުގެ 2:00 ނިޔަލަށް މި ޕާޓީގެ މެމްބަރޝިޕް ކޮމިޓީން މެމްބަރެއްގެ ގޮތުގައި ބަލައިގެންފައިވާ މިޕާޓީގެ މެންބަރުންނަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީއަށް ކުރިމަތި ލުމަށްއެދި ހުށަހަޅާ ފޯމް