22 ނޮވެމްބަރ 2019 ވާ (ބުދަ) ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިޕާޓީގެ ލީޑަރޝިޕް އިންތިޚާބުގައި ވޯޓުލުމަށްޓަކައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވޯޓްފޮށި ބެހެއްޓޭނެއެވެ. މާލޭގައި ދިރިއުޅޭ އައްޑޫސިޓީ، ފުވައްމުލައްސިޓީ އަދި މާލޭގައި ދިރިއުޅޭ އެހެން އަތޮޅުތަކުގެ މެންބަރުން ވޯޓުލުމަށް މާލޭގައި ވޯޓުފޮށި ބެހެއްޓިފައި ހުންނާނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގެ ކޮލޮމްބޯ ގައެވެ.
ސްރީލަންކާގެ ކޮލޮމްބޯގައި ވޯޓު ރީރަޖިސްޓްރީ ކުރުން މިއަދުންފެށިގެންވަނީ ހުޅުވާލެވިފައެވެ. ސްރީލަންކާގެ ކޮލޮމްބޯ އިން ރީރަޖިސްޓްރީ ކުރައްވަން ބޭނުންފުޅުވާ މިޕާޓީގެ މެމްބަރުން ފޯމާއިއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއެކު މިޕާޓީގެ އިންތިޚާބާއިބެހޭ ކޮމިޓީގެ އީމެއިލް elections@mdp.org.mv އަށް 3 ނޮވެމްބަރ ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިއުލާން ކުރީމެވެ.