އެމްޑީޕީ ލީޑަރޝިޕް އިންތިޚާބު 2019 ގެ ވޯޓާރސް ލިސްޓް އާއްމުކުރުން

22 ނޮވެންބަރ 2019 ވާ (ހުކުރު) ދުވަހު ބޭއްވުމަށް ވަނީހަމަޖެހިފަވާ އެމް.ޑީ.ޕީ ގެ ރައީސް އަދި ނައިބު ރައީސް އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުގެ ވޯރޓާރސް ލިސްޓް އާއްމު ކުރީމެވެ.ޝަކުވާ ހުށައަޅާ ފޯމް ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ. ޝަކުވާ ބަލައިގަނެވޭނެ އެންމެ ފަހުގެ ސުންގަޑި އަކީ 26 އޮކްޓޫބަރ 2019 ވާ (ހޮނިހިރު) ދުވަހުގެ މެންދުރު 12.00އަށެވެ.ޝަކުވާ ފޯމް ސެކްރެޓޭރިއަޓުންނާއި elections@mdp.org.mv އަށް އީމެއިލް ކުރެއްވުމުން ފޯމް ބަލައިގަނެވޭނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާނުކުރީމެވެ.

ވޯޓާރސް ލިސްޓް މިލިންކުން ލިބިވަޑައިގަންނަވާނެ

ޝަކުވާ ފޯރމް މިލިންކުން ލިބިވަޑައިގަންނަވާނެ