ޕާޓީގެ އެތެރޭގެ އިންތިޚާބާ ގުޅޭ އިއުލާން
މި ޕާޓީގެ އިއުލާން ނަންބަރު MDP/2019/003( 19 ސެޕްޓެމްބަރ 2019) އާ ހަވާލާދީ ދަންނަވަމެވެ. ގިނަ އަދަދެއްގެ މެމްބަރުންގެ އެދިވަޑައިގަތުމުގެ މަތިން، މިޕާޓީގެ ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމުގެ މުއްދަތު 30 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
ނަމަވެސް، މި މަގާމުތަކަށް ކުރިމަތިލެވޭނީ MDP/2019/003(19 ސެޕްޓެމްބަރ 2019) ނަންބަރު އިއުލާނުގައިވާ ފަދައިން 26 ސެޕްޓެމްބަރ 2019 ގެ ނިޔަލަށް މި ޕާޓީގެ މެމްބަރޝިޕް ޕާޓީ އޮފީހަށް ހުށަހަޅާފައިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.