އިއުލާން MDP/2019/003

ޕާޓީގެ އެތެރޭގެ އިންތިޚާބާ ގުޅޭ

​މި ޕާޓީގެ ދާއިރާތަކުގެ ހުސްވެފައިވާ މަގާމުތަކުގެ އިންތިޚާބު 18 އޮކްޓޯބަރ 2019 (ހުކުރު) ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
​​ވީމާ ދާއިރާތަކުގެ މަގާމުތަކުގެ ތެރެއިން ތިރީގައި މިދަންނަވާ މަގާމުތަކަށް ވާދަކުރައްވަން ބޭނުންފުޅުވާ މިޕާޓީގެ މެމްބަރުން އެބޭފުޅަކު ކުރިމަތިލައްވަން ބޭނުންފުޅުވާ މަގާމަކަށް އެދޭ ފޯމު ފުރިހަމަކޮށް ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިއުންތަކާއެކު (ތާއީދު ފޯމު ހުށަހަޅާނީ 50 މެމްބަރުންގެ ސޮޔާއެކު ދާއިރާ ރައީސް މަގާމަށް އެކަނި) މިޕާޓީގެ ސެކްރެޓޭރިއޭޓަށް ނުވަތަ އެމްޑީޕީގެ އިންތިޚާބާބެހޭ ކޮމިޓީގެ އީމެއިލް
secretariat@mdp.org.mv އަށް 26 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު މި ޕާޓީގެ ސެކްރެޓޭރިއޭޓުންނާއި ޕާޓީގެ ވެބްސައިޓް https://mdp.org.mv އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.
​​މި މަގާމުތަކަށް ކުރިމަތިލެވޭނީ އަދި މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބޭނީ 26 ސެޕްޓެމްބަރ 2019 ގެ ނިޔަލަށް މި ޕާޓީގެ މެމްބަރޝިޕް ޕާޓީ އޮފީހަށް ހުށަހަޅާފައިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.

އެމްޑީޕީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް މިލިންކުން ފެނިވަޑައިގަންނަވާނެ.
https://drive.google.com/open?id=14vDuQthg-XBZyqA3Vit8scEDGcGszFya

އެމްޑީޕީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތަށް ތާއީދު އޮތްކަން އަންގައިދޭ ލިޔުން މިލިންކުން ފެނިވަޑައިގަންނަވާނެ.
https://drive.google.com/open?id=1JfFf_G9OVv_Cfxr_8DTEt2SG9TTX4e3Q

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު “ބައި އިލެކްޝަން” އަށް ހުޅުވާލެވޭ މަޤާމްތައް މިލިންކުން ފެނިވަޑައިގަންނަވާނެ
https://drive.google.com/open?id=1yFidCaX3JYGIoTnSZEX_x86R2wEi2gXk