ޔޫތު ކޮންގްރެސް އާއިގުޅޭ އިއުލާން

އޯގަސްޓް 30 އަދި 31 މި ދެދުވަހު ހުޅުމާލެ ހުރަވީ ސްކޫލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޕާޓީގެ ޔޫތު ކޮންގްރެސްގައި ޒުވާނުންގެ ހިތްވަރުގެ ހިންގާ ޤަވާއިދު ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހިންގާ ޤަވާއިދަށް އިސްލާޙު ހުށަހެޅުމުގެ ވަޤުތު ކަނޑައެޅިފައިވަނީ 30 އޯގަސްޓް 2019 ވާ ހުކުރު ދުވަހުގެ މެންދުރު 2:30 އިން ފެށިގެން އެ ދުވަހުގެ ރޭގަނޑު 11:00 އާއި ހަމައަށެވެ.
އަދި ހުށައެޅިފައިވާ އިސްލާޙަކަށް އިސްލާޙު ހުށަހެޅުމުގެ ފުރުޞަތު 31 އޯގަސްޓް 2019 ވާ ހޮނިހިރު ދުވަހު މެންދުރު 12:00 އާއި ހަމައަށް ހުޅުވާލެވިފައިވެއެވެ.
އިސްލާޙު ހުށަހެޅުމުގެ ފުރުޞަތު ކޮންމެ ކޮންގްރެސްމަނަކަށް ވެސް ލިބިގެންވެއެވެ. އިސްލާޙު ހުށަހަޅުއްވާނީ އެކަމަށް ޚާއްސަ ފޯމް ފުރުމަށްފަހު ކޮންގްރެސްގެ އިދާރީ މޭޒަށެވެ.

ޒުވާނުންގެ ހިތްވަރުގެ އަސާސީ ގަވާއިދަށް ހުށަހެޅިފައިވާ އިސްލާޙު ބެއްލެވުމަށް މިލިންކަށް ފިތާލައްވާ

އިސްލާޙު ހުށަހަޅާ ސްލިޕް ބެއްލެވުމަށްމިލިންކަށް ފިތާލައްވާ

އިސްލާޙަށް އިސްލާޙު ހުށަހަޅާ ސްލިޕް ބެއްލެވުމަށްމިލިންކަށް ފިތާލައްވާ