އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް އާއި ޔޫތު ކޮންގްރެސް އަންނަ އޯގަސްޓްމަހު ބާއްވަނީ

ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރުމަށްޓަކައި، ކުރިއަށް އޮތް އޯގަސްޓް މަހު އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުން ބައިވެރިވާ ކައުންސިލަރުންގެ ކޮންފެރެންސެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އެމްޑީޕީއަށް ނިސްބަތްވާ 300 އަށްވުރެ ގިނަ ރަށު، އަތޮޅު އަދި ސިޓީ ކައުންސިލަރުންނަށް ދައުވަތު އެރުވޭނެއެވެ.
އެމްޑީޕީގެ ޒުވާނުންގެ ގޮފި، ޒުވާނުންގެ ހިތްވަރުގެ ބައިވެރިވުން ސިޔާސަތު ކަނޑައެޅުމުގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް އަމާޒުކޮށްގެން އެމްޑީޕީ ޔޫތު ކޮންގްރެސް ވެސް ކުރިއަށް އޮތް އޯގަސްޓް މަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިފޯރަމްގައި ރާއްޖޭގެ އެކި ދާއިރާއިން ޒުވާނުން ބައިވެރިވެ، ޒުވާނުން ބާރުވެރިކޮށް ސިޔާސީ މައިދާނަށް އިތުރު ޒުވާނުން ނެރުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރެވޭނެއެވެ.