އިއުލާން

2019 މާރިޗު 14 އިން 17 އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވ. ޅ. އަދި ނ. އަތޮޅަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށް ދަތުފުޅުކުރައްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޝެޑިއުލްގެ ދަތިކަމަށްޓަކައި މިދަތުރުފުޅުތަކަކީ މީގެ ދޮޅު މަހެއްހާ ދުވަސް ކުރިން ރާވާ، އިންތިޒާމުކޮށްފައިވާ ދަތުރުފުޅުތަކެކެވެ.
މިދަތުރުފުޅުގައި މާރިޗު 15 އިން 16 އަށް ފާދިއްޕޮޅުގައި ޙަރަކާތްތެރިވެވަޑައިގެންނެވުމަށް ހަމަޖެހިފައިވާތީ ޕަބްލިކް ސަރވިސް މީޑިޔާއިން އިންތިޒާމުކޮށްގެން ހިންގާ މަޖިލިސް އިންތިޚާބުގެ ކެންޑިޑޭޓުންގެ ބަޙުސްގައި ހިންނަވަރު، ނައިފަރު އަދި ކުރެންދޫ ދާއިރާގެ ކެންޑިޑޭޓުންނަށް ބައިވެރިވެވަޑައެއް ނުގެންނެވޭނެއެވެ.
ވީމާ މިވާހަކަ މަޢުލޫމާތަށްޓަކައި އިޢުލާނުކޮށް ދެންނެވީމެވެ.