ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް ޕްރައިމަރީގެ ޝަކުވާ ބެލުމަށްފަހު އިންތިޚާބާއި ބެހޭ ކޮމެޓީން ނިންމި ނިންމުން

މިޕާޓީ ވަނީ މިވޭތުވެދިޔަ 14 ވަރަކަށް އަހަރު އެތަކެއް އިންތިޚާބު ބާއްވާ ޕާޓީގެ އިލެކްޝަން ކޮމެޓީއިން އިންތިޚާބުގެ ކަންކަން ހިންގާފައެވެ. އެހެން ކަމުން ޕާޓީގެ އީސީ އަކީ ކަމުގެ ތަޖުރިބާ ބޭފުޅުން އެކުލެވޭ ކޮމެޓީ އެކެވެ.
2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް ޕްރައިމެރީ އިންތިޚާބު ބެހިފައިވަނީ ރައްކާތެރިކަމާ ބެލެހެއްޓުމުގެ އިތުރު ފަށަލަ އަކާވެސް އެކުގައެވެ.
ވުމާއެކު އީސީ އަށް ފާހަގަ ކުރެވުނީ ކެންޑިޑޭޓުންނާ، އޮފިޝަލުންނާ، ފޮށިތައް ބެލެހެއްޓުމުގެ އިސްފަރާތްތަކާ މެންބަރުންގެވެސް އެއްބާރުން ލެއްވުމާ އެކުވެރި ރޫހެއްގަ ހިނގާފައޮތް މައްސަލަތައް މަދު ވަރަށް ވާދަވެރި އިންތިޚާބު އެއްކަމަށެވެ.
މިބާވަތުގެ މައްސަލަ ތަކަކީ ޤައުމީ މަޖިލިސް އަށް ގެނެއްސައި ހުރި ކަންކަމަށް ނުވާތީ އީސީ އަށް ބުރަވެވުނީ ކުރިންވެސް އިންތިޚާބުގެ ކަންކަން ނިންމާ އުސޫލްތަކާ ހަމަތަކަށްބަލާ ނިންމުމެވެ.
އެހެންވީމާ އިންތިޚާބުތަކާ ބެހޭ ކޮމެޓީއިން ބައްދަލުކޮށް ހުށަހެޅިފައިވާ ޝަކުވާތަކާމެދު ވަރަށް ފުޅާކޮށް ވާހަކަ ދެކެވި ނިންމުނީ މިހާރު އޮތް ނަތީޖާ ބަދަލެއް އަންނާނެ ވަރުގެ ހެކި ހުށަހެޅިފައި ނެތުމުން މިހާރުއޮތް ނަތީޖާ އެގޮތަށް އިޢުލާން ކުރުމަށެވެ.