ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލާނެ ކެންޑިޑޭޓުން ހޮވުމަށް 18 ޖަނަވަރީ ވީ ހުކުރުދުވަހު ބޭއްވި ޕްރައިމަރީގެ ފަހުން، ފުވައްމުލަކު ދެކުނު ދާއިރާގެ ކެންޑިޑޭޓަކު ހުށަހަޅާފައިވާ ޝަކުވާ އިތުރަށް ނުބެލުމަށް ޕްރައިމަރީގެ ޝަކުވާ ކޮމިޓީން މިއަދު (ހޯމަ ދުވަހު) ނިންމައިފިއެވެ.
މިގޮތުން، ފުވައްމުލަކު ދެކުނު ދާއިރާގެ އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓާއި ޝަކުވާވެރިޔާއާ ދެމެދުގައިވާ ފަރަޤަކީ 24 ވޯޓުކަމުގައިވާތީ، ރީރެޖިސްޓްރޭޝަންގެ ކިތައް މައްސަލަ ޝަކުވާވެރިޔާ ހުށަހެޅިތޯ ކޮމިޓީން ބެލިބެލުމުގައި، ޝަކުވާވެރިޔާ 9 ޖަނަވަރީ 2019 ގައި ޕާޓީގެ ސަމާލުކަމަށް ގެނެސްފައިވަނީ 18 ނަމުގެ ރީރެޖިސްޓްރޭޝަން މައްސަލަކަމުގައި ވެފައި، މި 18 މައްސަލަވެސް ޝަކުވާވެރިޔާ އެދުނުގޮތަށް ޕާޓީން ޙައްލުކޮށްދީފައިވާތީ، އިތުރު 37 މީހެއްގެ ރީރެޖިސްޓްރޭޝަން މައްސަލަ އެބަހުރިކަމަށް ކުރާ އިލްޒާމް ބަލައި ގަނެވެން ނެތްކަމަށް ކޮމިޓީން ނިންމާފައިވެއެވެ. ވީމާ މައްސަލަ ބެލެނޭ ތަނެއް ނެތްކަމަށް މިއަދު (21 ޖަނަވަރީ 2019) ކޮމިޓީން ކަނޑައަޅާފައިވެއެވެ.
21 ޖެނުއަރީ ގައި އަޕްޑޭޓް ކުރެވިފައިވާ ޝަކުވާގެ ނިންމުންތައް