ވޯޓުފޮށިތަކާ ޙަވާލުވާ މުޅި ލިސްޓު ޢާންމުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލާނެ ކެންޑިޑޭޓުން ހޮވުމަށް 18 ޖަނަވަރީ ވާ ހުކުރުދުވަހު ބާއްވާ ޕްރައިމަރީގެ ވޯޓުފޮށިތަކާ ޙަވާލުވާ މުޅި ލިސްޓު އެމްޑީޕީން މިއަދު ޢާންމުކޮށްފިއެވެ.
ވޯޓު ފޮށިތަކުގެ އިސްވެރީންނަށް ހަމަޖައްސާފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ މިނިސްޓަރުންނާއި ނައިބުންނާއި ސްޓޭޓް މިނިސްޓަރުންނާއި އެމްޑީޕީއަށް ނިސްބަތްވާ ސަރުކާރު ކުންފުނިތަކުގެ ވެރިންފަދަ ސިޔާސީ ބޭފުޅުންގެ އިތުރުން، ޕްރައިމަރީއަކާ ނުލައި ޓިކެޓު ލިބޭނެ 10 ދާއިރާގެ ކެންޑިޑޭޓުންގެ ތެރެއިން ބައެއް ބޭފުޅުންނާއި ޤައުމީ މަޖިލީހުގެ ބައެއް މެންބަރުންނެވެ.
އިސްފަރާތަކާބެހޭ ޝަކުވާއެއް އޮތްނަމަ، އިސް ފަރާތްތަކުގެ ލިސްޓުގައި ބޯލްޑްކޮށްފައި ހުރި އިސްފަރާތް މެދުވެރިކޮށް މައްސަލަ ޙައްލުކުރުމަށް އެމްޑީޕީން އެދެއެވެ.