ހަތަރު ދާއިރާއެއްގެ ނައިބުގެ މަގާމަށް ހަތަރު ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފި

13 އޮކްޓޯބަރ 2010

new-deputies

ހަތަރު ދާއިރާއެއްގެ ނައިބުގެ މަގާމަށް ހަތަރު ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. މިގޮތުން އައްޔަން ކުރެއްވި ހަތަރު ބޭފުޅުންނަކީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނައިބުގެ މަގާމަށް މާފަންނު ލަރިއްސާ ފާޠިމަތު ނުޒުހާއާއި، މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީގެ ނައިބުގެ މަގާމަށް ހެންވޭރު ނީލްވިލާ އަލްއުސްތާޛާ ލުބްނާ މުޙަންމަދު ޒާހިރު ޙުސައިނާއި، މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ނައިބުގެ މަގާމަށް ގަލޮޅު ހިލިހިލާގޭ ޙުސައިން އިރްފާން ޒަކީއާއި، މިނިސްޓަރ އޮފް ސްޓޭޓް، މަތިއުތުރު ޕްރޮވިންސްގެ ނައިބު ކަމަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ އޯޝަންވިލާ ޙަސަން ޒިޔާދެވެ.