ފޯނު ނުކޮށް މެސެޖުފޮނުވުމަށް އިލްތިމާސްކޮށްފި

އެމްޑީޕީގެ ޕްރައިމަރީގެ ކަންކަމުގައި އިންތިޚާބު ކޮމިޓީގެ ބޭފުޅުން އަވަދިނެތި އުޅުއްވާއިރު، އެ ބޭފުޅުންނަށް ފޯނު ނުކުރައްވައި، އެސްއެމްއެސް ނުވަތަ ވައިބަރ ނުވަތަ ވަޓްސް އަޕް މެދުވެރިކޮށް މެސެޖު ކުރެއްވުމަށް އިންތިޚާބު ކޮމިޓީން އިލްތިމާސްކޮށްފިއެވެ. އަދި މިގޮތުން މެސެޖުކުރާއިރު، GULHAALA BALA ނުވަތަ PLS CALL ފަދަ މައުޟޫޢީ މައްސަލަ ދެނެގަނެވޭނެގޮތް ނުވާ މެސެޖު ނުކުރުއްވުމަށްވެސް ކޮމިޓީން އިލްތިމާސް ކުރެއެވެ.