އިޢުލާން: އެމްޑީޕީ ހެންވޭރު ދެކުނު ދާއިރާގެ އިޢުލާން

އެމްޑީޕީ ހެންވޭރު ދެކުނު ދާއިރާގެ އިދާރާ
ހ.ޝޭޑީކޯނަރ
މާލެ

އިޢުލާން

އެމްޑީޕީ ކޮންގްރެސްގައި ތަމްސީލްކުރުމަށް، ހެންވޭރު ދެކުނު ދާއިރާގެ އަންހެނުންގެ ރޫޙުގެ އިންތިގާލީ ދާއިރާ ކޮމިޓީގެ އިންތިޚާބު 16 އޮކްޓޯބަރ 2010 ވާ ހޮނިހިރުދުވަހުގެ ރޭގަނޑު 9:00ގައި މާލޭގެ އެމްޑީޕީ ހަރުގޭގައި އޮންނާނެ އެވެ.
މިއިންތިޚާބުގައި ހޮވަން ކަނޑައަޅާފައިވާ 5 މަޤާމަކީ:
1. ރައީސާ
2. ނައިބު ރައީސާ
3. ޚަޒާންދާރު
4. ސެކްރެޓަރީ
5. އިންތިޒާމް ސެކްރެޓަރީ
ވީމާ، މިއިންތިޚާބަށް ކުރިމަތިލެއްވުމަށާއި، އަދި ވޯޓުގައި ބައިވެރިވުމަށް އެދޭ ދާއިރާގެ އެންމެހާ އަންހެން މެމްބަރުންނާއި، ޕާޓީގައި ބައިވެރިވާން އެދޭ ދާއިރާގެ އަންހެން ބޭފުޅުންނަށް ދަޢުވަތުއަރުވަމެވެ.
13 އޮކްޓޯބަރ 2010