ޕްރައިމަރީގެ ރީރެޖިސްޓްރޭޝަން މައްސަލަތައް ޙައްލުކޮށްފި

މި ހިނގާ 2019 އަހަރުގެ އެޕްރީލުމަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވޯޓުލާ އެމްޑީޕީގެ މެންބަރުން، ރީރެޖިސްޓަރ ކުރުމަށް ހުޅުވާލުމުން ކުރިމަތިވި މައްސަލަތައް އެމްޑީޕީން މިއަދު ޙައްލުކޮށްފިއެވެ.
އެމްޑީޕީގެ މެންބަރުން ރީރެޖިސްޓަރ ކުރުމަށް ދާއިރާގެ ރައީސުންނަށާއި ކެންޑިޑޭޓުންނަށް ދޫކުރި ޔޫސަރގެތެރެއިން ބައެއް ޔޫސަރއަށް، ނާޖާއިޒުގޮތުގައި ލޮގިންވެ، ވޯޓުލާތަން ބަދަލުކޮށްފައި ހުރިކަން ފާހަގަވެފައިވެއެވެ. މި މައްސަލައިގައި ހުށަހެޅުނު ޝަކުވާތައް ބަލައި، ގާތްގަނޑަކަށް 2000 މެންބަރުންގެ ރީރެޖިސްޓްރޭޝަން ރަގަޅު ތަނަށް ބަދަލުކުރެވުނެވެ.
ޝަކުވާ ކޮމިޓީން މި މައްސަލަ މިހާރު ދަނީ ތަޙްޤީޤުކުރަމުންނެވެ.