ރައްޔިތުންގެ މަޖިލިސް 2019 ގެ ޕްރައިމަރީގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތްތައް ހޯދުމަށް ހުޅުވާލުން

ރައްޔިތުންގެ މަޖިލިސް 2019 ގެ ޕްރައިމަރީގައި އޮބްޒާވަރުންނާއި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތްތަކުން 9 ޖެނުއަރީ 2019 ވާ ބުދަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން އެޕްލިކޭޝަން ހުށައެޅުއްވުން އެދެމެވެ.

1- އޮފިޝަލުންނަކީ ވޯޓު ފޮށި ކައިރީގައި ވޯޓުލުމުގެ މަސައްކަތްތައް ހިންގަން ހަމަޖައްސާ މީހުން
2- އޮބްޒާވަރުންނަކީ ކެންޑިޑޭޓްގެ ފަރާތުން ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާނެ މީހުން
3- ކޮންމެ ކެންޑިޑޭޓަކަށް ކޮންމެ ވޯޓު ފޮށްޓަކަށް 2 އޮބްޒާވަރުންނަށް ފާސް ލިބޭނެ. އެހެން ނަމަވެސް އަބަދުވެސް ފޮށި ކައިރީގައި ހުރެވޭނީ އެންމެ އޮބްޒާވަރަކަށް. (މާލޭގެ ދާއިރާއަކަށް 2 ފާސް، އެހެން ދާއިރާތަކަށް ދާއިރާގައި ހުންނަ ކޮންމެ ވޯޓު ފޮށްޓަކަށް 2 ފާސް އަދި މާލޭގައި ހުންނަ ދާއިރާ ފޮށްޓަށް 2 ފާސް)

އޮފިޝަލުންގެ އެޕްލިކޭޝަން ފޯމް

އޮބްޒާވަރުންގެ އެޕްލިކޭޝަން ފޯމް