ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު މިއަދު މަޖިލީހުގައި ދެއްކެވި ހިއްވަރަށް އެމްޑީޕީގެ ގްރާސް ރޫޓުން ތަޢުރީފްކުރައްވައިފި

12 އޮކްޓޯބަރ 2010

މުޙަންމަދު ނަޝީދު ކާނަލް އެމްޑީޕީގެ 83 ވަނަ ޤައުމީ މަޖިލީހުގައި - ކާނަލް މިއަދު މަޖިލީހުގައި ކުރެއްވި ހިއްވަރަށް ގްރާސްރޫޓުން ވަރަށް ބޮޑަށް ޝުކުރުވެރިވޭ
މުޙަންމަދު ނަޝީދު ކާނަލް އެމްޑީޕީގެ 83 ވަނަ ޤައުމީ މަޖިލީހުގައި - ކާނަލް މިއަދު މަޖިލީހުގައި ކުރެއްވި ހިއްވަރަށް ގްރާސްރޫޓުން ވަރަށް ބޮޑަށް ޝުކުރުވެރިވޭ

ލިޔުނީ: ރާމިޒް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގްރޫޕް މެންބަރު އަދި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙަންމަދު ނަޝީދު (ކާނަލް) މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރެއްވި ހިއްވަރަށް އެމްޑީޕީގެ ގްރާސްރޫޓުން ވަރަށް ބޮޑަށް ތައުރީފްކުރައްވައި އޭނާއަށް ޝުކުރު އަދާ ކުރައްވައިފިއެވެ.
މަޖިލީހުގެ ރިޔާސަތުން މިއަދު ކާނަލްގެ ނަން އިއްވުމުން ޖަލްސާއިން ނިކުމެވަޑައި ނުގެންނެވުމާއި ގުޅިގެން މަޖިލީހުގެ ޖަލްސާ ހުއްޓާލުމަށްފަހު، ކާނަލް މަޖިލީހުން ނެރެދެއްވުމަށް މަޖިލީހުގެ ސަލާމަތީ ކަންތައްތަކާއި ހަވާލުވެ ހުންނެވި އެންމެ އިސްވެރިޔާއަށް މަޖި ލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވަނީ ދަންނަވާފައެވެ.
ނަމަވެސް ކާނަލް ވަނީ ރައްޔިތުންގެ މަޖިލީހަށް މިއަދު އެޖެންޑާކޮށް ކުރިޔަށް ގެންދިޔަ ، އޮޑިޓަރ ޖެނެރަލްގެ މަޤާމަށް އަލީ ރަޝީދު ހަމަޖެއްސެވުމުގެ މައްސަލާގައި އެމައްސަލަ ދިރާސާކުރި ކޮމިޓީގެ ރިޕޯޓް އިއްވަންފެށުމާއެކު މެމްބަރުން ނިޒާމީ ނުކުތާ ނަންގަވައި، މަޖިލިސް ހޫނުވުމާގުޅިގެން ރިޔާސަތުން އޭނާގެ ނަން އިއްވައި ޖަލްސާއިން ނިކުންނެވުމަށް އެންގެވުމުން ވެސް ނިކުމެވަޑައިނުގެންފައެވެ.