ހަތަރު ޤައުމަކަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅުން ޢައްޔަން ކުރައްވައިފި

12 އޮކްޓޯބަރ 2010

ހަތަރު ޤައުމަކަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ބޭފުޅުން ޢައްޔަން ކުރައްވައިފިއެވެ. މިގޮތުން ޢައްޔަން ކުރެއްވީ ފެޑެރަލް ރިޕަބްލިކް އޮފް ޖަރމަނީއަށާއި ތުރުކީވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ހެންވޭރު އޯކިޑް އިރުތިޝާމް އާދަމާއި، ފަރަންސޭސިވިލާތަށާއި ރިޕަބްލިކް އޮފް ފިންލަންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ހެންވޭރު އަމީނީގޭ ޑޮކްޓަރ ފަރަޙަނާޒް ފައިޞަލެވެ.

މިދެބޭފުޅުން ނޮން-ރެސިޑެންޓް ސަފީރު ކަމަށް ރައީސުލްޖުމްހޫރިއްޔާ މި ޢައްޔަން ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ.