ރައީސުލްޖުމްހޫރިއްޔާ، ނޭޝަނަލް ލޯ ރިފޯމް ކޮމިޝަން މިއަދު އުވާލައްވައިފި

12 އޮކްޓޯބަރ 2010

އެޓަރނީޖެނެރަލްގެ އޮފީހުގެ ދަށުން ހިނގަމުންދާ “ނޭޝަނަލް ލޯ ރިފޯމް ކޮމިޝަން” ރައީސުލްޖުމްހުރިއްޔާ މިއަދު އުވާލައްވައިފިއެވެ. އަދި އެ އޮފީހާ ހަވާލުކުރައްވާފައިވާ މަސައްކަތްތައް މިއަދުން ފެށިގެން އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރައްވަމުންގެންދަވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

ނޭޝަނަލް ލޯ ރިފޯމް ކޮމިޝަން އުވާލެއްވީ، މިކޮމިޝަނަކީ، ރާއްޖޭގެ ޤާނޫނީ އޮނިގަނޑު ފުރިހަމަކުރުމަށްޓަކައި އެކުލަވާލަންޖެހޭ ޤާނޫނުތަކުގެ ދެލިކޮޕީ އެކުލަވާލެއްވުމަށް އުފައްދަވާފައިވާ އޮފީހެއް ކަމަށްވެފައި، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމަށް މިހާރު އައިސްފައިވާ ބަދަލުތަކާގުޅިގެން، ރާއްޖޭއަށް ބޭނުންވާ އެކިއެކި ޤާނޫނުތަކުގެ ދެލިކޮޕީ އެކުލަވާލައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމުގެ ފުރުޞަތު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ތަނަވަސްވެފައިވުމާއި، ސަރުކާރުގެ މިނިސްޓްރީތަކަށާއި ދައުލަތުގެ އެހެން މުއައްސަސާތަކަށް ބޭނުންވާ ޤާނޫނުތަކާއި ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް، އެ އިދާރާތަކުން ކުރައްވަމުންގެދަވާގޮތަށް ހަމަޖެހިފައިވާތީ، މި މަސައްކަތްތައް ކުރެއްވުމަށް ވަކި އޮފީހެއް ބެހެއްޓެވުމުގެ ބޭނުމެއް މިހާރަށް އޮތްކަމަށް ފެނިވަޑައިނުގަންނަވާތީއެވެ.