ލަގްޒަރީވިލާ ވިއްކާ ގޮތަށް ރ. އަތޮޅު ލުނދުފުށީގައި ބިނާކުރާ ރިޒޯޓުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ރަމްޒީގޮތުން މިއަދު ފަށްޓަވައި ދެއްވައިފި

12 އޮކްޓޯބަރ 2010

ލަގްޒަރީވިލާ ވިއްކާ ގޮތަށް ރ. އަތޮޅު ލުނދުފުށީގައި ބިނާކުރާ ރިޒޯޓުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިއްޔެ ފަށްޓަވައި ދެއްވައިފިއެވެ. ރިޒޯޓުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިދެއްވީ އިއްޔެ މެންދުރުފަހު އެމަނިކުފާނު އެ ރަށަށް ކުރެއްވި ޒިޔާރަތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި ރިޒޯޓުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ބޭފުޅުންނާ ބައްދަލުކުރައްވައި، އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ގޮތުގެ މަޢްލޫމާތު އޮޅުން ފިލުއްވިއެވެ. “ޓްރެވަލް ބްލޫ މޯލްޑިވްސް”ގެ ނަމުގައި ތަރައްޤީކުރާ މި ރިޒޯޓުގައި 40 ލަގްޒަރީވިލާ ހެދުމަށްވަނީ ހަމަޖެހިފައެވެ.