MDP/2010-019
އެމްޑީޕީ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލުން
ލޯކަލް ކައުންސިލް އިންތިޚާބަށް ވީހާވެސް ތަޢްލީމީ އަދި ޚާއްޞަކޮށް، ސަރުކާރު ހިންގުމުގެ ތަޖްރިބާ ލިބިފައި ތިއްބެވި ބޭފުޅުން ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ވިދާޅުވުމާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާގެ އެއިލްތިމާސަށް އިޖާބަ ދިނުމުގެ ގޮތުން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިޚާބުތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް، މިއަދުން ފެށިގެން އެފުރުޞަތު އަލުން ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި މިކަމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ބަންދުވާ ތާރީޚް އިލެކްޝަންސް ކޮމިޝަނުން ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާނޭ ދުވަހެއް އިޢުލާން ކުރުމމުން މިއޮފީހުން އިޢްލާންކުރާނޭ ވާހަކަ ދަންނަވަމެވެ.
ވީމާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ވަނަވަރު، އެމްޑީޕީގެ ކެމްޕެއިން އޮފީސް (މ.ރެޑް ގްރާސް، މާލެ) އަށް ހުށަހެޅުއްވުން އެދެމެވެ. އަދި އަލުން ފުރުސަތު ހުޅުވާލި ނަމަވެސް ކުރިން ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ބާޠިލް ނުވާނެ ވާހަކަ ދަންނަވަމެވެ.
ލޯކަލް ކައުންސިލް އިންތިޚާބުތަކަށް މިޕާޓީގެ ޓިކެޓްގައި ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފުރަންޖެހޭ އެފްލިކޭޝަންފޯމް ރަސްމީ ގަޑީގައި ކެމްޕެއިން އޮފީހުންނާއި އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް، (ހ.ޝަރާޝާ، މާލެ) އިން ދޫކުރާނެއެވެ. އަދި މިފޯމު މިޕާޓީގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވޭނެއެވެ. މިޕާޓީގެ ވެބްސައިޓް އެޑްރެހަކީ mdp.org.mv އެވެ. މީގެ އިތުރުން www.votemdp.com އިން ވެސް މިފޯމު ޑައުންލޯޑް ކުރެވޭނެ ވާހަކަދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކެމްޕެއިން އޮފީސް (މ.ރެޑްގްރާސްގެ) ނަންބަރު 3307752 ފޯނާއި ނުވަތަ މިއޮފީހުގެ ނަންބަރު 3340044 ނަންބަރު ފޯނާ ގުޅުއްވުންއެދެމެވެ.
ފެކްސް: 3322960
އީމެއިލް: cc@votemdp.com
10 އޮކްޓޯބަރ 2010