ރާއްޖެއާއި ވެރިރަށް މާލޭ ސިޓީއަށް ބޯކޮށްވާރޭވެހި، ހިނގި ފެންބޮޑުވުމުގެ ޙާދިސާގައި އެކި ވަރުގެ ގެއްލުންތައްލިބުނު ބައެއް ގޭގެއާއި މާލޭގެ އެކި ސަރަހައްދުތަކަށް އެމް.ޑީ.ޕީގެ ޗެއާރޕާރސަން އަލްއުސްތާޛު ޙަސަން ލަތީފް ޒިޔާރަތްކުރައްވައިފިއެވެ. ވެހެމުންދިޔަ ވާރޭގައި ޗެއާރޕާސަން އަލްއުސްތާޛު ޙަސަން ލަތީފް ބައެއް ގޭގެއަށް ވަޑައިގެން ރައްޔިތުންގެ ހާލުބައްލަވާ ބައެއް ގޭގެއަށް ލިބުނު ގެއްލުން އޮޅުން ފިލުއްވިއެވެ.