ރައީސް މުޙައްމަދު ނަޝީދު ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި، މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެކަން އިޢުލާންކުރައްވައިފިއެވެ. ރައީސް ނަޝީދު މިކަން އިއުލާނުކުރެއްވީ ރޭ މައްޗަންގޮޅި ކާމިނީ މަގުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ރައީސް ޤާސިމް އިބްރާޙީމާއި ސަރުކާރުގެ ވަޒީރުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.