ދުވަހުގެ ޙުލާސާ 3 ޑިސެމްބަރު 2018

3 ޑިސެމްބަރ 2018: ހ.ދ މަކުނުދޫއާއި ނ މިލަންދޫގެ ބައެއް އެމް.ޑީ.ޕީގެ މެމްބަރުންނާއި ރައީސް ނަޝީދު ބައްދަލުކުރައްވާ ދާއިރާގެ ކަންތައްތަކާއިމެދު މަޝްވަރާކުރައްވައިފިއެވެ. އަދި ރޭ ހެންވެއިރު ހުނޅަނގު ދާއިރާގެ މަޖިލިސް ގޮނޑިއަށް ކުރިމަތި ލައްވާފައިވާ އެމް.ޑީ.ޕީގެ ޗެއާރޕާރސަން ޙަސަން ލަތީފްގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހް ކޮށްދެއްވުމަށް ބޭއްވުނު ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހްގެ އަރިހުގައި ރައީސް ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.